އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންއަށް ލައިފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ހިތަދޫ، މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށާއި އެހެން ކަމުން ވަކި ގޮތެއް އަންގަންދެން އެ ރަށްރަށަށް އަރި ފޭބުން މަނާވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އައްޑޫ ސިޓީ މޮނިޓަރިން އަށް ލާފައިވަނީ ކޮވިޑު-19 ގެ ހާލަތު ގޯސްވަމުން ދާތީއެވެ. މިގޮތުން މިއަދު އެކަނިވެސް އައްޑޫގައި 18 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެއީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފަސް ފްލޫ ސާމްޕަލް އާއި އެއް ރެންޑަމް ސާމްޕަލްއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ