“ފެނަކަ ކްލީނިންޑޭ” ހަނިމާދޫ ގައިވެސް ފާހަގަކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

“ފެނަކަ ކްލީނިން ޑޭ” ހަނިމާދޫ ގައިވެސް ފާހަގަ ކޮށްފިއެވެ.

ފެނަކައިން ބުނީ މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީ އެ ކުންފުނިން ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެ ކުންފުންޏަކީ ރާއްޖޭގެ ގިނަ ބޮޑު އާބާދީއަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަކަށް ވުމުން، ކުންފުނީގެ ހިދުމަތްތައްދޭ އޮފީސްތަކަކީ ކުންފުނީގެ ހިދުމަތް ލިބިގަންނަ އާންމު ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުންވެސް އެ ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ފެނަކައިން ބުނީ އެ ޕްރޮގްރާމްގެ ތެރެއިން ބްރާންޗްތަކުގެ އިންޖީނުގެތަކުގެ ރައްކާތެރިކަންވެސް ބަލައި ޗެކް ކުރެވޭނެ ކަމަށެވެ.

ފޮޓޯ : ހަނިމާދޫ ފެނަކަ ފޭސްބުކް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ