ދައްޕަރު ފިއްލަދޫ އިޚުތިޞާޞުން ވަކިކޮށްފިއެވެ.
ފިއްލަދޫގެ އިޚުތިޞާޞުން ދައްޕަރު ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޤަރާރަކުންނެވެ. މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ ޤަރާރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިޚުތިޞާޞު ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ.
މީގެ ކުރިން ރަށްތަކުގެ އިޚުތިޞާޞު ބަޔާންކުރި ޤަރާރުގައި ދައްޕަރު ހިމަނާފައިވަނީ ފިއްލަދޫ ކައުންސިލުގެ އިޚުތިޞާޞުގެ ތެރޭގައެވެ.
ރައީސް ޞާލިޙުގެ ޤަރާރުގައިވާ ގޮތުން ފިއްލަދޫގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނޭ ހއ.ދައްޕަރު ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރަން ނިންމަވާފައިވެއެވެ. އަދި އެ ރަށަކީ ރިސޯޓު ތަރައްޤީކުރާ ރަށެއް ކަމުގައިވެސް ކަނޑައަޅާފައިވެއެވެ.