ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު އެޑިއުކޭޝަނުން ޤާއިމުކުރި އެއްބަސްވުމުގެ ކޮޕީއެއް ހޯދަން ޢިލްމުވެރިންގެ ގުޅުމުން ހުށަހަޅައިފި

ޚަބަރު ފަހުގެ

”ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް“ ޕްރޮޖެކްޓުގެ ނަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު އެޑިއުކޭޝަން މިނިސްޓްރީން ޤާއިމުކުރި އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް، “ޢިލްމުވެރިންގެ ގުޅުން“ ޖަމްޢިއްޔާއިން ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ޢިލްމުވެރިންގެ ގުޅުމުން މިއަދު ބުނީ، ހަރުކަށި ވިސްނުން އަށަގަތަނުދިނުމަށްޓަކައި، ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބި ޖެއްސުމުގެ ނަމުގައި، އަމިއްލަ ޖަމްޢިއްޔާއަކާއެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް އެދި ”މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު“ ގެ ދަށުން އެޑިއުކޭޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

”ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް“ ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.

މި އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ”ޢިލްމުވެރިންގެ ގުޅުން“ ޖަމްޢިއްޔާއިން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަަހަޅާފައިވާއިރު، މި މަހުގެ 22 ވަނަ ދުވަހުގައި ޖަމްޢިއްޔަތުއްސަލަފުން ވެސް ވަނީ، އެއްބަސްވުމުގެ ހިއްސާކޮށްދިނުމަށާއި، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް އެދި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ