މިއަދަށްފަހު ކޮވިޑް ދިފާއުވާން ޖަހާ ވެކްސިން ފުރަތަމަ ޑޯޒް ހަނިމާދޫގައި ނުޖަހައިދޭނެކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އަދި މިއަދު މެންދުރު 12 ކުރިން ނަންނޯޓް ކުރަން ވެސް ޖެހެއެވެ. އެހެން ނޫނަމަ ވެކްސިން ނުޖެހޭނެއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން އެކަން ހާމަކޮށްފައި ވަނީ އެތަނުގެ ސޯޝަލް މިޑިޔާގެ ވަސީލަށް މެދުވެރިކޮށެވެ.
” ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް އަދި އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖައްސަވަން ބޭނުންފުޅުވާ ބޭފުޅުން މިއަދު މެންދުރު 12:00 ގެ ކުރިން މިމަރުކަޒަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. މިއަދު މިއީ ފުރަތަމަ ޑޯޒް ޖަހާނެ އެންމެ ފަހު ތާރީހު ކަމުގައިވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. ” ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައި ވެއެވެ.
އެޗްޕީއޭގެ ތަފާތު ހިސާބު ދައްކާގޮތުން 12 އަހަރުން މަތީގެ އަބާދީން ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 89 އިން ސައްތަ މީހުނެވެ. ދެވަނަ ޑޯޒް ޖަހާފައިވަނީ 81 އިން ސައްތައެވެ. އަދި ހަނިމާދޫގެ މުޅި އަބާދީގެ 69 އިން ސައްތަ މީހުން ވަނީ ފުރަތަމަ ޑޯޒް އަދި އަބާދީގެ 63 އިން ސައްތަވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.