ޕޮލިސް ޑޭ ފާހަގަކުރުމުގެ ގޮތުން ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފެނަކަ އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފި

ހަނިމާދޫ ޚަބަރު ފަހުގެ

ޕޮލިސް ޑޭ ފާހަކަކުރުމުގެ ގޮތުން ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ހަނިމާދޫ ފެނަކަ އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ. މިމެޗު ކުޅެފައިވަނީ މިރޭ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީ ކޯޓުގައެވެ.

މިރޭ ކުޅެވުނު އެކުވެރި ކަމުގެ މިމެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ހަނިމާދޫ ފުލުހުންގެ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ސެޓް ފުލުހުންގެ ޓީމް ކާމިޔާބުކުރީ 27 : 29 ން، ކާމިޔާބު ކުރި އިރު ދެވަސެޓް ކާމިޔާބުކުރީ ފެނަކައެވެ. އެއީ 25 : 23 ންނެވެ.
ތިންވަސެޓް 22: 25 ފުލުހުން ކާމިޔާބުކުރިއިރު 25 : 15 ން، ހަތަރުވަނަ ސެޓް ގެންދިޔައީ ފެނަކައެވެ.

2 ސެޓް ދެސެޓް އެއްވަރުވެ ގަދަހިފުމަކަށް ގޮސް ކުޅެވުނު 5 ވަނަ ސެޓް ފަސޭހަ ކަމާއެކު ފުލުހުންގެ ޓީމް ކާމިޔާބު ކުރީ 15 : 9 ންނެވެ.

މިމެޗު ފުރަތަމަ ރެފްރީ އަކަށް ހުރީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަނެވެ. ދެވަނަ ރެފްރީއަކަށް ހުރީ ހަސަން ޒިޔާދު ( އަކޫ) އެވެ. ލައިސްމަންކަން ކޮށްދެއްވާފައިވަނީ ސާދުނާ މުހައްމަދު އާއި ހަނިމާދޫ ޑަބްލިއު ޑީސީ މެންބަރު ފާތުމަތު އަހުމަދެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ