ށ. ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމުގެ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެ ހޯދަން ޢިއުލާން ކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ފުނަދޫ ސްކޫލުގައި މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
މިގޮތުން މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ.
މި މަޝްރޫޢާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 5 ސެޕްޓެންބަރު 2021ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ބިޑު ހުޅުވުން އޮންނާނީ މިމަހު 29 ވާ ބުދަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއް އުފެދޭނަމަ، މިމަހުގެ 12 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، hawwa.nazla@finance.gov.mv އީމެއިލްއަށް އެ ސުވާލެއް އީމެއިލް ކުރައްވައިގެން އޮޅުން ފިލުވޭނެ އެވެ.