ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެން މާލެ ގެނެސްފި

ޚަބަރު ފަހުގެ

ކަންނެލި ދޯންޏެއްގައި ހުރި ފަޅުވެރިއަކު ހާލު ދެރަވެގެންއެމްއެންޑީއެފް އިން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ބަންޔަން ޓްރީ މޯލްޑިވްސް ވަށްބިންފަރު ރިސޯޓްކައިރީގައި އޮތް ކަންނެލި ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއަކު ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް މިރޭ އެދިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ރަން ދުވެލި” ނަމަކަށް ކިޔާ ދޯނީގައި ހުރި މި މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 20:56 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިކަމާއެކު، ސިފައިން އެ ދޯނި އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި މީހާ، މިރޭ 21:23 ހާއިރު މާލެ ގެނެސްދީފައި ވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ