ޕޭރަންޓްހިޔާގެ ބެންޗުތައް ހެދުމަށް 133،000 ރުފިޔާއަށް ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން ގާއިމުކުރާ ޕޭރަންޓްހިޔާގެ ބެންޗުތައް ހެދުމަށް 133،000 ރުފިޔާއަށް ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީއާ މިއަދު ހަވާލު ކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދެވެ. ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުންބސޮއިކުރެއްވީ އެ ކޮންޕެނީގެ މެންޑީ އިދުރީސް އަބުދު ﷲ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްބަސްވުމުގައި ވާގޮތުން 15 ދުވަހުގެ ތެރޭ ބެންޗުތައް ނިންމާ ހަވާލު ކުރަން ޖެހެއެވެ.

ހަނިމާދޫ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުން މަޑުކޮށްލާނެ ޕޭރަންޓްހިޔާ އެއް ހެދުމަކީ ހަނިމާދޫ ކައުންސިލަށް ހޮވުނު އެމްޑީޕީގެ މެންބަރުންގެ ވައުދެކެވެ.

މި ހިޔާގެ ކުރެހުން ނިންމާ ދެއްވާފައި ވަނީ ހަނިމާދޫގައި ގާއިމުވެ ތިއްބަވާ އެމްއެންޑީއެފް ގެ ފަރާތުންނެވެ.

https://gohkolhu.com/2021/06/09/news-2/10979/
އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ