މިނިސްޓަރު ޝާހިދު ނަޞާރާއިންގެ އަޅުކަމުގައި ބައިވެރިވެއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ޝާހިދު އެމެރިކާގެ ނިއުޔޯކުގެ ފައްޅިއަކަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި ބޭއްވި އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

ނަޞާރާއިންގެ މައި ސިޓީކަމަށްވާ ވަޓިކަން ސިޓީން ކަނޑައަޅާފައިވާ މިޝަނުން އިންތިޒާމުކޮށްގެން ބޭއްވި އަޅުކަމުގެ ރަސްމިއްޔާތަކީ އދ. ގެ މަޖިލިސް އާ ދައުރަކަށް ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި އަޅުކަން ކުރިއަށް ދިޔަ ވަގުތު ޝާހިދު ފައްޅީގައި ހުންނެވި ފޮޓޯތަކާއި، ފާދިރީއާއެކު ހުންނެވި ފޮޓޯތައް އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.

މި އަޅުކަމުގެ ރަސްމިއްޔާތުގައި ޝާހިދު ބައިވެރިވެވަޑައިގެންނެވީ އދ. ގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމުގެ ވަގުތުކޮޅެއް ކުރިން ކަމަށާއި، ޝާހިދު ފައްޅީގައި ހުންނަވައިގެން ވާހަކަދެއްކެވިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ