ދެ މަސް ތެރޭ 5000 މީހުންގެ ސޮއި ހޯދައި، އެމްއެންޕީ ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ޚަބަރު ފަހުގެ ސިޔާސީ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފި އެވެ.

އެޕާޓީ ރަޖިސްޓްރީ ކުރުމަށް މިއަދު ހެނދުނު ހުށަހެޅީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް 5000 އަށްވުރެ ގިނަ މެންބަރުންގެ ފޯމާއެކު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޕާޓީގެ ބައެއް މެންބަރުންނާ އެކު އީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯމުތަކާއެކު ރަޖިސްޓްރީ ކުރަން ފޯމު ހަވާލުކޮށްދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. އެ ރަސްމިއްޔާތުގައި ނާޒިމާއެކު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްވެސް ބައިވެރިވެ ވަޑައިގަތެވެ.

އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

އެމްއެންޕީން ބުނީ، އެޕާޓީ އުފެއްދުމުގެ މަގުސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލުކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހުތިޔާރާއި ހައްގުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.

އަދި އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން ކަމަށްވެސް އެޕާޓީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ