މާލެ ސިޓީ ކައުންސިލުން ވެމްކޯ ދޮރުމައްޗަށް ކުނި އަޅައިފި

ޚަބަރު ފަހުގެ

މާލެސިޓީ ކައުންސިލުން ވެމްކޯ ކުނިއެއްކުރާ އޮފީސް ދޮރުމައްޗަށް ކުނި އަޅައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ މާލެސިޓީ ކައުންސިލްގެ ވެހިކަލެއްގައި ހުރި ކުނިތަކެއް ވެމްކޯގެ ދޮރުމައްޗަށް އެޅުމަށްފަހު އެސަރަހައްދު ދޫކޮށް ދާމަންޒަރެވެ.

އިޝްތިހާރު
އިޝްތިހާރު

ސިޓީ ކައުންސިލުން މިގޮތަށް އަމަލުކޮށްފައިވަނީ ރޭ މާލޭގެ ބައެއް ގެތަކުން ކުނި ނުނަގާކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އިތުރުވުމުން ސިޓީކައުންސިލުން އެ ކުނި ނެގުމަށްފަހުއެވެ.

މިމައްސަލައިގައި ސިޓީ ކައުންސިލުން އަދި ވެމްކޯއިންވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރެއިން ފެށިގެން އެޕާޓްމެންޓްތަކުން ކުނި ނަގަން ފެށުމާ އެކު ރަޖިސްޓްރީ ނުކޮށް ހުރި ބައެއް އެޕާޓްމެންޓްތަކުން ކުނިތައް ވަނީ މަގުމައްޗަށް ނެރެފަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ