ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަށްފަހު ސިޓީ ކައުންސިލުން މައާފަށް އެދިއްޖެ

ޚަބަރު ފަހުގެ

އުސޫލަށް ބަދަލުގެނެސް މަގުތަކަށް ކުނިނެރުން މަނާ ކުރުމުން ވެސް މާލޭގެ ގޭގެ އިން މަގުތަކަށް ނެރެފައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނެގުމަށް ފަހު، އެ ކުނިތައް ވެމްކޯގެ ކަލެކްޝަން ސެންޓަރުގެ ގޭޓް ކުރިމައްޗަށް އަޅާލި މައްސަލައިގައި ކައުންސިލުން މައާފަށް އެދިއްޖެއެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްވަނީ އެކަން ހިނގާގޮސްފައިވާތީ އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ. މިގޮތުން ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ކައުންސިލްގެ މުވައްޒަފުން ފޮނުވައިގެން ވަގުތުން އެ ކުނިތައް ނެގި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ކުނި ލޮރީ ހިފައިގެން ދިޔަ ވަގުތު ވެމްކޯ މުވައްޒަފުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ކަމަށެވެ. ކައުންސިލްގެ ވެހިކަލް އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ވެސް ނޯންނަ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަން ހިނގައި ދިޔައީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ކަމަށާއި އެއީ ނާތަހުޒީބު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

“އެއީ ނާތަހުޒީބު އަމަލެއް. އެކަން އަޅުގަނޑު ގަބޫލުކުރަން. ވެމްކޯގެ ހުރިހާ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ފަރާތުން ސިޓީ ކައުންސިލުން މައާފަށް ވެސް އެދެން. އެއީ ހިނގައިގެން ވާނެ ކަމަކަށް ގަބޫލެއް ވެސް ނުކުރަން” ނަރީޝް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ