އެމްޓީސީސީގެ ފަރާތުން ނެއްލައިދޫ ދަނޑުގެ ބާވެ ހަލާކުވެފައިވާ ވަށާފާރު ނަގައިދެނީ

ޚަބަރު ފަހުގެ

ހދ. ނެއްލައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމަށްޓަކައި މިހާރު ހުރި ބާވެ، ހަލާކުވެފައިވާ ވަށާފާރު ނެގުމުގެ މަސައްކަތް އެމްޓީސީސީން ކޮށްދޭން ފަށައިފި އެވެ.

މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީއަކީ މުޖުތަމައުއަށް ފައިދާވާ ގިނަ ކަންކަމެއް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ ނަމޫނާ ކުންފުންޏެކެވެ.

އެގޮތުން އެކުންފުނިން ދަނީ ށ. ބިލެތްފަހި ކުނިގޮނޑަށް ދާން އޮންނަ މަގު ސާފުކޮށްދީ ލެވެލް ކުރުމުގެ މަސައްކަތް ކޮށްދެމުންނެވެ. އެ މަސައްކަތުގެ ދަށުން ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ދިމަދިމާލަށް ވެލިއަޅައި ދިނުމުގެ މަސައްކަތްވެސް ކޮށްދޭނެ އެވެ.

އޭގެ އިތުރުން ލ. މުންޑޫގައި ސުނާމީގައި ވެއްޓުނު ގެތަކާއި ގާތަށް ނަގައި ސާފުކޮށްދީފައިވާ އިރު، ދާންދޫގައި އަލަށް އާބާދުވާ ސަރަހައްދުގެ މަގުތައް ލަވެލްކޮށްދީ ސާފުކޮށްދިނުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ