ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

ޚަބަރު ފަހުގެ

ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، އެ މަސައްކަތުގެ 97 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަދި ފެންހިންދާ ޕަމްޕު ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތުގެ 83 ޕަސެންޓްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުގައި ދުއްވޭ ގޮތަށް 17،776 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ޖުމުލަ 41.8 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މާޗް 2019 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ