ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކުރާ އާދަމް ސަލީމް ކަޕް ނޮވެމްބަރަށް ތާވަލުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކުރާ އާދަމް ސަލީމް ކަޕް ނޮވެމްބަރަށް ތާވަލުކޮށްފިއެވެ.

މުބާރާތް ނޮވެންބަރަށް ތާވަލް ކޮށްފައިވާކަން ހަނިމާދޫ ޒުވާނުންގެ ޖަމިޔާއިން އިއުލާން ކޮށްފައިވަނީ ރޭ އެ ޖަމިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައެވެ. މިއީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތް އެ ޖަމިޔާއިން ބާވަމުން ދަނީ ހަނިމާދޫ ގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، އެ ޖަމިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައެވެ.

މުބާރާތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މިޑިޔާ ކޯޑިނޭޓާރ އަލީ ވިޝާމް ވިފާޅުވީ މުބާރަތް ނޮވެބަރަށް ތާވަލް ކުރެވުނުކަން މިވަގުތު ހަމަ އެކަނި އިއުލާން ކޮށްލީ ޓީމްތަށް ތައްޔާރުވުމަށް ވަގުތު ދިނުމަށް ކަމަށާއި މުބާރަތް ފަށާ ތާރީހް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ