ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވަން އެއްބަސްވުމެއް ހަދައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ ފޮރ މޯލްޑިވްސް (އެން.ސީ.ބީ) އާ ދެމެދު މިއަދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލްއެވެ. އަދި އެން.ސީ.ބީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި އެމް.އޯ.ޔޫގެ ބޭނުމަކީ މީރާ އާއި އެން.ސީ.ބީއާ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް، ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށް ކުށްކުރާ ފަރާތްތަކާ ގުޅޭ އެކި މައުލޫމާތު އެން.ސީ.ބީ މެދުވެރިކޮށް މީރާއަށް ފޯރުކޮށްދިނުމެވެ.

އެގޮތުން މި އެމް.އޯ.ޔޫގެ ދަށުން ކުށްކުރާ ފަރާތްތަކުގެ ކުށުގެ ރިކޯޑުތައް ދެނެގަތުމުގެ އިތުރުން އެފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާނަމަ އެކަމުގެ މައުލޫމާތުތައް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް މީރާއިން މައުލޫމާތުދެވެ.

މީގެ އިތުރުން، ކްރިމިނަލް އޮގަނައިޒޭޝަންތަކުން ގެންގުޅޭ އެކިއެކި އުކުޅުތައް ދެނެގަތުމަށް އެހީއަކަށް ވެގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ