ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢު އާރްޑީސީއާއި ހަވާލުކޮށްފި

ޚަބަރު ފަހުގެ

ދ.ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފޭސްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. ހަމައެހެންމެ އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޙަސަން ސަޢީދެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫޢުއަކީ 122،868.035.13 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު އާރްޑީސީއާއި ހަވާލުކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެތެރެއިން ކުޑަހުވަދޫގެ މަގުތަކުގައި ބައްތި ހަރުކުރުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، 5.85 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ