މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސް ގޮވާލައްވައިފި

ޚަބަރު ފަހުގެ

ދިވެހިން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ތަޤުރީރުކުރައްވަމުންނެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވީ އިސްރާއީލުން ފަލަސްޠީނުގެ އަންހެން، ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް އެބަ ނިގުޅައިގަންނަކަމަށެވެ. އަދި މިއަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު، އެތައް ޤައުމަކުން ފަލަސްތީނުގެ ހައްޤުގައި ނިކުންނަމުންދަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ސާލިހު ވިދާޅުވީ ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން އދގައި ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކޭނެ ސަބަބެއް އެބައޮތްކަމަށާއި އެއީ ދުނިޔެއިން އަޅުގަނޑުމެންގެ ދިވެހިރާއްޖެ ބަލައިގެންފައިވުންކަމަށެވެ.

“މިލިއަނުން ޢަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ؟ އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލު ކުރާ ދިވެހިން ބޭނުންވަނީ އދ.ންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގާ ފަލަސްތީނު ބަލައިގަތުން، އެމީހުންނަށް އެމީހުންގެ މިނިވަންކަމާ ހައްޤުތަކާ އިމްތިޔާޒާ އިޚްތިޔާރުތައް ދޫކޮށްލުން. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނަން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ޙާލަތާމެދު ކަންބޮޑުވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ބޭނުންފުޅުވާކަމަށާ، އަންހެނުންނާއި އަންހެން ކުދިންގެ ހައްޤުތަކާއި ސަލާމަތާ ހިމާޔަތް އެޤައުމުގައި އޮތުމަށް އެދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކަށަވަރުކުރުމަށް ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އެޤައުމުގައި އޮތުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަގުން ގޮސް އަފްޣާނިސްތާނަކީ ދުނިޔޭގެ ޤައުމުތަކާ ގުޅުންބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ، ސުލްހަވެރި އަމާން ޤައުމަކަށް ވެވިދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ