ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުނަދޫގައި ހުންނަ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެފައިވާއިރު، އެ ސެންޓަރަކީ އުތުރުން ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އިތުރުފަރުވާ ދިނުމަށް ހާއްސަކޮށް 16 ޖުލައި 2020 ގައި ހިދުމަތް ދޭންފެށި ސެންޓަރެކެވެ. އަދި އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރުވެސް މެއެވެ. މިގޮތުން މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ