ޑަބްލިއު.ޑީ.ސީގެ ފަރާތުން ހަނިމާދޫ ގައި ހިންގާ ކައްކަން ދަސްކޮށްދޭ ކޯހެއްގެ އޮރިޔަންޓޭޝަން ބާއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގެ ފަރާތުން ހަނިމާދޫ ގައި ކައްކަން ދަސްކޮށްދޭ ކޯހުގެ އޮރިޔަންޓޭޝަން ބާއްވައިފިއެވެ.

މިރޭ ހަނިމާދޫ ޔޫތު ސެންޓަރު ހޯލުގައި ބޭއްވި މި އޮރިޔަންޓޭޝަނުގައި ކޯހުގައި ކިޔަވައިދޭ ޖުވޭރިޔާ ވަޖުދީ (ޖުވޭ) ވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޯހާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޖުވޭ ވިދާޅުވީ ކުލާސް ކުރިއަށް ގެންދާނީ ބައިވެރިން ތިން ގުރޫޕަށް ބަހާލައިގެން ކަމަށެވެ. އަދި ހެނދުނު ކުލާހުގައި ބައިވެރިވާ ދަރިވަރު ކަމެއް ދިމާވެގެން ބައިވެރި ނުވެވޭނަމަ އެދުވަހުގެ އެހެން ގަޑިއެއްގެ ކުލާހުގައި ބައިވެރި ވެވޭނެ ކަމަށެވެ. އަދި ކުލާހުގެ ދިގުމިނަކީ 2 ގަޑިއިރާ 30 މިނެޓް ގެ ކުލާސް ކަމަށް ޖުވޭ ވިދާޅުވިއެވެ.

މި ކައްކާ ކޯހުގައި 100 އަށް ވުރެ ގިނަ ކަނބަލުން ބައިވެރިވާކަމަށް ހަނިމާދޫ ޑަބްލިއު.ޑީ.ސީން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ