އަންނަ ހުކުރު ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފައިނަލް ސްކޮޑު އިއުލާންކޮށްފިއެވެ.
ސާފަށް ގައުމީ ޓީމުން ފުރަތަމަ އިއުލާން ކުރި ޕްރިލިމިނަރީ ސްކޮޑުގައި 34 ކުޅުންތެރިއަކު ހިމެނުނު ނަމަވެސް، ގަތަރުގެ ކޭމްޕަށް ދިޔައީ 29 ކުޅުންތެރިއެކެވެ. އެ ކޭމްޕަށްފަހު މުބާރާތަށް އިއުލާންކުރި ސްކޮޑުގައި ޖުމުލަ 24 ކުޅުންތެރިން ހިމެނެ އެވެ.
ސްކޮޑުން ބާކީވި ކުޅުންތެރިނަކީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.
މިފަހަރުގެ ސްކޮޑުގައި މުޅިން އަލަށް އަށް ކުޅުންތެރިއަކު ހިމަނާފައިވެ އެވެ. އެއީ މާޒިޔާގެ އިބްރާހިމް އައިސަމް އާއި ޔުނައިޓަޑް ވިކްޓަރީގެ އަލީ ހައިޝަމް (ޗުމްޕު) އާއި ޒުވާން ގޯލްކީޕަރު އަލީ ނާޖިހާއި ކްލަބު އީގަލްސްގެ ހުސެއިން ރާއިފް އަހުމަދު (ހަންނަ) އާއި މުހައްމަދު ނާއިމް އާއި ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަދި ދަ ގްރާންޑޭގެ ގާސިމް ސައްމާމް (ސައްމޭ) އެވެ.
- މުހައްމަދު ޝަފީއު (ޗެކު)
- ސަމޫހު އަލީ (ސަމުއްޓެ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
- މުހައްމަދު އުމައިރު
- އިސްމާއީލް އީސަ
- އަލީ އަޝްފާގު (ދަގަނޑޭ)
- އިބްރާހީމް އައިސަމް
- އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
- މުހައްމަދު ނާއިމް
- ގާސިމް ސައްމާމް
- އަކްރަމް އަބްދުލްޣަނީ (އަކޫ)
- އަލީ ހައިޝަމް (ޗުންޕު)
- އަލީ ފާސިރު (ސެންޓޭ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- އަސަދުﷲ އަބްދުﷲ (އަސައްކޮ)
- އަލީ ނާޖިހު
- ހައިޝަމް ހަސަން (ބިޑި)
- އަސްހަދު އަލީ (އަޑޭ)
- މުހައްމަދު ފައިސަލް
- ހުސައިން ނިހާން (ނިހާޓު)
- އިބްރާހީމް ހަސަން ވަހީދު (އިއްބެ)
- ނާއިޒު ހަސަން (ދާދު)
- ހަސަން ރާއިފް (ހަންނަ)