އާދަމް ސަލީމް ކަޕް ގައި ބައިވެރިވުން އޮކްޓޯބަރ 7 ވަނަ ދުވަހުގެ ނިޔަލަށް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ.ހަނިމާދޫ ގައި ހަރަކާތްތެރިވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ގެ ފަރާތުން އިންތިޒާމުކުރާ “އާދަމް ސަލީމް ކަޕް” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެޖަމިއްޔާގެ ފަރާތުން ކޮންމެ ދެއަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ މުބާރާތެކެވެ.

މިއަދު އެ އެޖަމިއްޔާގެ ފަރާތުން ނެރެފައިވާ އިއުލާން ގައި ބުނެފައި ވަނީ މިއަހަރުގެ އާދަމް ސަލީމް ކަޕް ގައި ބައިވެރި ވުމަށް ބޭނުންވާ ޓީމްތައް އޮކްޓޯބަރ 7 ވަނަދުވަހު 18:00 ގެ ކުރިން އެކުލަބުގެ ސްޕޯޓްސް ސެކްޓަރީ މުޙައްމަދު ނާސިރާ ގުޅާ މައުލޫމާތު ހިއްސާކުރުމަށެވެ. މައުލޫމާތު ދިނުމަށް ގުޅާނީ 7783809 ށެވެ.

އިޝްތިހާރު
އިޝްތިހާރު

މުބާރާތް އޮކްޓޯބަރ 27 ވަނަ ދުވަހު ފަށާއިރު، މި މުބާރާތުގައި ބައިވެރި ވެވޭނީ ހަނިމާދޫ ރައްޔިތުންގެ ތެރޭން އުމުރުން 15 އަހަރުން މަތީ ފިރިހެން ވެރިންނަށެވެ. ކޮންމެ ޓީމެއްގައިވެސް ރަށުންބޭރު 3 ކުޅުންތެރިން ހިމެނޭނެއެވެ.

މިއީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އެ ޖަމިއްޔާއިން ބާއްވަމުން ދަނީ ހަނިމާދޫ ގައި ފުޓްބޯޅައިން ފާހަގަ ކޮށްލެވުނު ހުނަރުވެރިއެއް ކަމަށްވާ، އެ ޖަމިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ