2021 ސެޕްޓެމްބަރު 29 ފާއިތުވެއްޖެ: ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓުގައި ސޮއިނުކުރެވުނު

ހަނިމާދޫ ޚަބަރު ފަހުގެ

2021 ސެޕްޓެމްބަރު 29 ފަހަނަ އަޅާ ދިޔައިރުވެސް ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓުގައި ސޮޔެއް ނުކުރެވުނެވެ.

ސަރުކާރުން ތަފާތު ތާރިހުތައް ދެމުން އައިސް އެންމެ ފަހުން ދިން ތާރީހު ފަހަނަ އަޅާދިޔައިރުވެސް އެއަރޕޯޓް މަސްރޫގެ އަޑެއް ބަޑެއް ނިވޭ ކަމީ ހިތާމަހުރި ކަމެކެވެ. ނަމަވެސް މިވާހަކަ ދައްކާނެ ދުލެއް ނެތެވެ. މިކަމާ އުޅެދޭނެ ވެރިއެއް ނެތެވެ. ގާތުން މަސައްކަތްކުރަން ބުނި މެންބަރުގެ ހިލަމެއްނެތެވެ. އެމް.ޑީ.ޕީ ސުޕަމެޖޯރިޓީ ކައުންސިލުން މިކަމުގެ އަޕްޓޭޓެއް ރައްޔިތުންނަށް އަދި ނުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫއަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 4 ޕްރޮޖެކްޓުން އެއްކަމެވެސް ނުވެއެވެ. އަދި ސަރުކާރުން ފަށާފައިވާ ބަނދަރު މަސްރޫއުވެސް ހުއްޓިފައި އޮންނަތާ މަސްދުވަހަށް ވުރެއް ގިނަވަނީއެވެ. މިއީ ހަނިމާދޫ ވީމާ ހައްގުވާ މިންވަރު ތޯއްޗެކެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުން ފައިނޭންސް ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ބޮޑު 8 މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއެވެ.

މި މަޝްރޫޢުގެ ދަށުން ކުރާނެ މައިގަނޑު މަސައްކަތްތައް ގޮތުގައި އެއާޕޯޓްގެ އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި އެއަރޕޯޓުގެ ރަންވޭ 2460 މީޓަރަށް ބޮޑުކުރަން ނިންމާފައިވާއިރު، ފޭސް 2 ގައި ރަންވޭ 3000 މީޓަރަށް ބޮޑުކުރަން ވަނީ ނިންމާފައެވެ.

ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭއެއް ހެދުމާއި، ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ