އެފްއޭއެމް “ޑީ” ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް ހަނިމާދޫގައި ޒުވާނުންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އަޙްމަދު ޝަމީމް ފުރިހަމަކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

އެފްއޭއެމް “ޑީ” ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް ހަނިމާދޫގައި ޒުވާނުންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އަޙްމަދު ޝަމީމް ފުރިހަމަކޮށްފިއެވެ.

މި ކޯހަކީ ނޮޅިވަރަންފަރު ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޯސް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 22 އިން 30 އަށެވެ. ކޯސް ކުރިއަށް ގެންގޮސްދެއްވާފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

ހަނިމާދޫގައި ޒުވާނުންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އަޙްމަދު ޝަމީމް ކޯސް ނިންމުގެ ރަސްމިއްޔާތުގެ ފޮޓޯ ފޭސްބުކުގައި އާއްމުކުރައްވާ ވިދާޅުވީ މީ ކުޑަކުޑަ އެއްޗެއް ނަމަވެސް ބޭނުންވަނީ މި ބިންގަލުގެ މަތީ ބޮޑު ބިނާއެއް އަޅާ އޭގެ ފައިދާ އެހެން ބަޔަކަށް ފޯރުކޮށްދިނުމަށެވެ. އަދި ނޮޅިވަރަންފަރު ކައުންސިލް އިސްނަންގަވައިގެން މިފަދަ ފުރުސަތެއް ދެއްވިކަމަށްޓަކައި ނޮޅިވަރަންފަރު ކައުންސިލް އަދި މޯލްޑިވްސް ނޭސަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އެންމެހާ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

” ކޯޗު ނިޒާމްބެގެ އިރުޝާދުގެ ދަށުން މިފަދަ ކަމެއް ފަށަން ލިބުނީތީ އުފާކުރަން. މިފުރުސަތު ހޯދައިދިނުމަށް ހަނިމާދޫ ކައުންސިލުން ދެއްވެވި އެއްބާރުލެއްވުމަށް އެފަރާތަށްވެސް ޝުކުރުދަންނަވަން. އަޅުގަނޑު ތަމްސީލް ކުރީ ހަނިމާދޫގައި ޒުވާނުންގެ ޖަމްޢިއްޔާ އާއި ކައުންސިލްގެ ހައްގެއް މީ. މީގެ ބޭނުން ތި ދެފަރާތަށްވެސް ދިނުމަށް އެއްވެސް ފަސްޖެހުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި އެއީ ލިބޭ އުފަލެއްކަމުގައި ދެކޭނަން. ” ހަނިމާދޫގައި ޒުވާނުންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އަޙްމަދު ޝަމީމް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ