ޖަޕާނުން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއް

ޚަބަރު ފަހުގެ

ޖަޕާނު ސަރުކާރުން ރާއްޖެއަށް ތިން މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

އެ އެހީ ހަވާލުކުރުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެހީ ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އެހީ އާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އެވެ.

އިޝްތިހާރު
އިޝްތިހާރު

ފޮރިން މިނިސްޓްރީން ބުނީ މި އެހީ ބޭނުން ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ. އެގޮތުން ސީ އެމްބިއުލާންސާއި އެމަޖެންސީ ހާލަތްތަކުގައި ނުވަތަ ސީރިއަސް ސިއްހީ ހާލަތްތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށް ބުންޏެވެ.

މި ރަސްމިއްޔާތުގައި ހަލީލު ވިދާޅުވީ ކޮވިޑް-19 އާއެކު ރާއްޖެއަށް ސީ އެމްބިއުލާންސްގެ ބޭނުން ޖެހިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ކޮވިޑުގެ ބަލިމަޑުކަމާއެކު ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލްތައް ބޭނުން ކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ޖަޕާނުން ފޯރުކޮށްދިން އެހީއަކީ ސީ އެމްބިއުލާންސްގެ ހިދުމަތް ތަރައްޤީކުރުމަށް ލިބިގެންދިޔަ ބޮޑު އެހީއެއްކަމަށް ހަލީލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ