ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އިން ގަދަ ފަދަ އިންޑިޔާ ހިފަހައްޓައިފި

ކުޅިވަރު ފަހުގެ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މެޗު ފެށިގެން ގިނައިރުތަކެއް ނުވެ އިންޑިޔާއިން ވަނީ އިދިކޮޅުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާއިން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލީޑުނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސުނިލް ޗެތްރީއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ހާފުގެ އެތެރެއަށް ވަދެ އުދަންތާ ސިންގް އޭރިއާ ތެރެއަށް ދިން ބޯޅައެއްގައެވެ. މިއީ ޗެތުރީ ސާފް ޗެމްޕިއަންޝިޕްގައި ޖެހި 11 ވަނަ ގޯލެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަ ހާފަށް ނުކުމެ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބަންގްލަދޭޝްއިން އިތުރަށް ކުރިއަށް ޖެހިލައި މަސައްކަތް ކުރަނިކޮށް އެޓީމަށް ދިމާވި މާޔޫސް ކަމަކީ ޑިފެންޑަރު ބިޝްވަނާތު ގޯޝްއަށް ދެއްކި ރަތް ކާޑެވެ.

ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މި މެޗުގެ 74 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެން ބަންގުލަދޭޝް އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔާސިން އަރަފާތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ