ސާފް ޗެމްޕިއަންޝިޕް : ލަންކާ އަތުން މޮޅުވެ، ނޭޕާލް އެއް ވަނަ އަށް

ކުޅިވަރު ފަހުގެ

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ސްރީލަންކާ އަތުން 3-2 އިން މޮޅުވެ، ނޭޕާލް ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ އަތުން ވެސް މޮޅުވި، ނޭޕާލް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްފަ އެވެ. ތާވަލްގެ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝެވެ. އިންޑިއާ އެއް ޕޮއިިންޓާ އެކު އޮތްއިރު، ސްރީ ލަންކާ އާއި ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ފަސް ގައުމުން ވާދަކުރާ މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ާމިރޭގެ މެޗް ފެށިގެން 10 ވަނަ މިނެޓްގައި ނޭޕާލްގެ ކޯޗަށްވަނީ ރީނދޫ ކާޑެއްވަނީ ދައްކާފައެވެ. ލަންކާއިން ފުރަތަމަ ނުރައްކާތެރި ހަމަލާ އުފައްދާފައިވަނީ މެޗްގެ 14 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިޔާތެރެއިން ނޭޕާލްގެ ފޯވާޑް ފޮނުވާލި ބޯޅަ، ލަންކާގެ ކީޕަރުވަނީ މަތަކޮށްފައެވެ. މެޗްގެ 25 ވަނަ މިނެޓްގައި ލަންކާއިންވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ކޯނަރަކުން ލިބުނު ބޯޅައެއް ގޯލައަށް އަމާޒުނުވެ ދިއީ ބޭރަށެވެ. މެޗްގެ 29 ވަނަ މިނެޓްގައި ކުރި ފައުލްއަކާ ގުޅިގެން ލަންކާގެ ކުޅުންތެރިއަކަށްވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗުގެ ލީޑް ނޭޕާލުން ނެގީ މެޗްގެ 31 ވަނަ މިނެޓްގައެވެ. އެ ގޯލް ޖަހާފައިވަނީ ނޭޕާލްގެ ނަވަޔުގް ޝަރްތާ ދިން ޕާސްއަކުން ނޭޕާލްގެ ފޯވާޑް ސުމަން ލަމާއެވެ. ސުމަން ޖެހި ބޯޅަ ގޮސް ކީޕަރުގެ އަތުގައި ޖެހުމަށްފަހު، ގޯލްގެ ހުރަސް ދަނޑީގައި ޖެހުމަށްފަހު ގޯލް ތެރެއަށް ވަނެވެ.

މެޗްގެ 38 ވަނަ މިނެޓްގައިވެސް ނޭޕާލަށް ލީޑް ފުޅާކުރުމަށް ފުރުސަތު ލިބުނެއެވެ. އެހެންނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން، ފުރަތަމަ ގޯލް ކާމިޔާބު ކުރި ނަވަޔުގް ޝަރްތާ ޖެހި ބޯޅަ ގޯލްގެ ތެރެއަށް ވަންނަ ގޮތެއް ނުވިއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން 51 ވަނަ މިނެޓްގައި ނޭޕާލުންވަނީ، ދެވަނަ ގޯލަކާއެކު ލީޑް ފުޅާކޮށްފައެވެ. ދެވަނަ ގޯލް ނޭޕާލަށް ކާމިޔާބުކޮށްދީފައިވަނީ އަންޖިން ބިސްޓާއެވެ. އޭގެ ހަ މިނެޓްފަހުން 57 ވަނަ މިނެޓްގައި ލަންކާއިންވަނީ ގޯލެއް ކާމިޔާބުކޮށް، ނޭޕާލްގެ ލީޑް ހަނިކޮށްފައެވެ. ލަންކާގެ ގޯލް ކާމިޔާބުކޮށްދީފައިވަނީ، މާވިލް ހެމިލްޓަނެވެ. މެޗްގެ 79 ވަނަ މިނެޓްގައި ނޭޕާލްގެ މުޙައްމަދު ފައިސަލަށްވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗްގެ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް އަނެއްކާވެސް ނޭޕާލުންވަނީ ލީޑް ފުޅާކޮށްފައެވެ. 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އައުޝް ގަލަންއެވެ.

މެޗްގެ ވަގުތު ހަމަވެ، އިތުރު ވަގުތުގައި ލަންކާއަށްވަނީ ޕެނަލްޓީއެއް ލިބި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މެޗް ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއަކުންނެވެ. ލަންކާއަށް ޕެނަލްޓީ ކާމިޔާބުކޮށްދީފައިވަނީ ޑިއޮންޑީ ސިލްވާއެވެ.

ލަންކާ ދެން ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިމަހު 7 ވަނަ ދުވަހު އޮންނަ މިމެޗަށްފަހު 10 ވަަނަ ދުވަހު ލަންކާއިން ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ދެން އެންމެ އަވަހަށް ނޭޕާލަށް މެޗެއް އޮތީ 10 ވަނަ ދުވަހުއެވެ. ނޭޕާލްވެސް ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ