ސާފް ޗެމްޕިއަންޝިޕް : ބަންގަލަދޭޝް މީހުންނަށް ތަފާތު ކުރުމެއް ނެތި ޓިކެޓް ވިއްކުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި

ޚަބަރު ކުޅިވަރު ފަހުގެ

ސާފް ޗެންޕިއަންޝިޕް މެޗްގައި ބަންގަލަދޭޝް މީހުންނަށް ތަފާތު ކުރުމެއް ނެތި ޓިކެޓް ވިއްކުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރާ މެޗް ކުރިއަށް އޮށްވާ ވަކި ގައުމެއްގެ މީހުންނަށް ތަފާތު ކުރުން ގެންގުޅެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމި ނިންމުން ކުށްވެރި ކުރާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ބަންގްލަދޭޝް އަދި ރާއްޖެ ބައްދަލު ކުރާ މެޗަށް ވަނުމަށް އެފްއޭއެމްއިން ބަންގްލަދޭޝް މީހުންނަށް ވިއްކީ އެންމެ 200 ޓިކެޓެވެ. އަދި ދިވެހިން ގަތް ޓިކެޓް ބަންގްލަދޭޝް މީހުންނަށް ވިއްކަމުންދަނިކޮށް އެފްއޭއެމް އިން ވަނީ ވޯކްޕާމިޓް ނުވަތަ ވިސާ ނެތް ބިދޭސީންނަށް މެޗް ބަލަން ދަނޑަށް ނުވަދެވޭނެ ކަމަށް ވެސް މިއަދު އިއުލާނު ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ބަންގްލަދޭޝް ޓީމުގެ ސަޕޯޓަރުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް ގަލޮޅުދަނޑު ކައިރީގައި ހަޅުތާލު ވެސް ހަދައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި، މިމަހުގެ 7ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް، އެންމެ ހަ ގަޑިއިރު ތެރޭ މިހާރު ވަނީ ވިއްކި ހުސްވެފައެވެ.

ކޮންމެ މެޗަކަށް ގަލޮޅު ދަނޑުން ޖުމްލަ 5،000 ޓިކެޓު ވިއްކަން މިފަހަރު ހަމަޖެހިފައިވާ އިރު، ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 350 ޓިކެޓެވެ. އެއީ ސަޕޯޓަރުންނަށް ކަނޑައެޅިފައިވާ ޖާގައިގެ ހަތް އިންސައްތައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ