އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް ކުޅުދުއްފުށީގައި ފަށަނީ

ޚަބަރު ފަހުގެ ޞިއްހަތު


ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގައި މެމޯގުރަފީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން އެހޮސްޕިޓަލުން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެހޮސްޕިޓަލުން މެމޯގުރަފީގެ ހިދުމަތް ފެށިގެން ދާނެކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބި ރައްޔިތުންގެ މި ހިދުމަތް ހޯދަން އުފުލާ ތަކުލީފަށާއި ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެކަމަށްވެސް އެ ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ގިނަ ޚިދުމަތްތަކެއް ދެވޭ ހޮސްޕިޓަލަކަށް ހެދޭތޯ ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އާ ވާރޑް އިމާރާތެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީޓީސީ) އާ ހަވާލުކޮށްގެން މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ