މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މޭ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަށްފަހު ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔައެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގެންފައިވަނި ތިން ދުވަހަށް ކަމަށް މައުލޫމާތުލިބެއެވެ. އަދި ތިން ދުވަސް ފަހުން އެމަނިކުފާނު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހުންނެވުމަށް މ. މުރައިދޫ ހަމަޖައްސާފައިވީ ނަމަވެސް އެގެކޮޅުގެ މަރާމާތުގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ