ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޝާހިދު ދެ ހަފުތާއަށް ސަސްޕެންޑުކޮށްފި

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ދެ ހަފުތާއަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މެޖިސްޓްރޭޓް ޝާހިދުއާ ހަވާލުކުރާ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާ ކަމަށް ތުހުމަތު ކުރެވުނު މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖިނާއީ މައްސަލަތައް ކުރިއަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތަށް މެޖިސްޓްރޭޓް ޝާހިދު އިއުތިރާފުވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އޭނާއާ ހަވާލުކުރާ ޖިނާއީ މައްސަލަތައް ބަލަމުން ނުދާކަން ތަހުގީގަށް ހޯދުނު އެހެން ހޯދުންތަކުން ވެސް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މެޖިސްޓްރޭޓް ޝާހިދުގެ އެ އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ނިންމައި، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ