ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވައިފި

ޚަބަރު ފަހުގެ

ހއ.ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވައިފިއެވެ.

ފިއްލަދޫގެ އިޚްތިޞާޞްގެ ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފުރަަތަމަ ނެރުއްވި ޤަރާރުގައި ދައްޕަރު ހިމަނުއްވައިފައިވަނީ ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ހުސްވި އޮގަސްޓުމަހުގެ 29 ގައި ރައީސް ނެރުއްވި ޤަރާރެއްގައި ވަނީ ފިއްލަދޫގެ އިޚްތިޞާޞްގެތެރެއިން ދައްޕަރު އުނިކުރެއްވިކަން ހާމަކުރައްވައިފައެވެ.

ދައްޕަރަކީ ޠަބީޢީ ގޮތުން ފިއްލަދޫގެ ބަޔަކަށްވާއިރު، ފިއްލަދޫގެ އިޚްތިޞާޞްގެތެރެއިން ދައްޕަރު އުނިކުރެއްވުމުން އެ ރަށުގެ ރައްޔިތުން ވަނީ އިހްތިޖާޖުކޮށްފައެވެ. ހަމައެއާއެކު ފިއްލަދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން 450 މީހުންގެ ސޮއި ހިމެނޭ ޕެޓިޝަނެއް ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.

ރައީސް މިއަދު ނެރުއްވި ޤަރާރެއްގައިވަނީ، ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވައިފައިވާކަން ހާމަކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ