ސާފް ޗެމްޕިއަންޝިޕް : ފައިނަލުގެ ފަހު ޖާގަ އިންޑިއާ އިން ހޯދައިފި

ކުޅިވަރު ފަހުގެ

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ހޯދައިފި އެވެ.

ރާއްޖެއާ ބައްދަލުކުރި މި މެޗު އެޓީމުން ކާމިޔާބު ކުރީ 3 ލަނޑު 1 ލަނޑުން ނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ފުރަތަމަ ގޯލު 33 ވަނަ މިނެޓުގައި ޖަހައިދިނީ މަންވީރު ސިންގ އެވެ. ފުރަތަަމަ ހާފު މި ސްކޯ ގައި ނިންމާލި އިރު، ރާއްޖެއިން ގޯލު ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން ނެވެ.

އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) ބޯޅަ ހިފައިގެން ވަންނަނިކޮށް ކުރު ފައުލަކަށް ލިބުނު ޕެނަލްޓީ ގޯލު ތެރެއަށް ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މި ގޯލާއެކު އިންޑިއާއިން ކުޅުން ވަރުގަދަކުރުމުގެ ނަތީޖާއަކީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީގެ ހަމަލާތައް ރާއްޖޭގެ ގޯލަށް އަމާޒު ވުމެވެ.

އެގޮތުން 62 އަދި 71 ވަނަ މިނެޓުގައި ޗެތްރީ ޖެހި 2 ގޯލާއެކު އެޓީމުން ވަނީ މެޗު ޑޮމިނޭޓްކޮށް ދިވެހީން ރޮއްވާލާފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ވާދަކުރަން ޖެހޭނީ މި މުބާރާތުގެ ފައިނަލަށްމުޅިން އަލަށް ދަތުރުކުރި ނޭޕާލް އާ އެވެ.

ފައިނަލު މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ