މަހްމޫދުގެ ހަށިގަނޑުން ޓެސްޓްތަކެއް ހެދުމަށް މާލެ ގެނެސްފި

ޚަބަރު ފަހުގެ

އަނިޔާވެރިގޮތަކަށް މަރާލުމަށް ފަހު އދ. ދަނގެތީ ވަޅެއްގެ ތެރެއަށް ފައްތާފައި އޮއްވާ އިއްޔެފެނުން އެރަށު މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަހްމޫދު މާލެ ގެނެސްފައިވަނީ އޭނާގެ ހަށިގަނޑުން ޓެސްޓްތަކެއް ހެދުމަށެވެ. އަދި އެ ޓެސްޓުތައް ހެދުމަށްފަހު މިއަދު މަހްމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންދާނެއެވެ. މަހްމޫދުގެ ޖަނާޒާ އޮންނާނީ ދަނގެތީގައެވެ.

އިޝްތިހާރު
އިޝްތިހާރު

އުމުރުން 57 އަހަރުގެ މަހްމޫދު މަރާލާފައި އޮއްވާ ފެނުނު އިރު އޭނާ އޮތީ ގޯންޏަކަށް ލައިފައި، ފައި އައްސައިފައި އެކޮޅު ކޮޅުން ވަޅަކަށް ތިރި ކޮށްފައެވެ އަދި މަހްމޫދު ފައްތާފައި އޮތް، ވަޅުގެ މަތި ވެސް ހުރީ ޖަހައިފައި ކަމަށެވެ.

މިމައްސަލައިގެ އެރަށު މީހުން ނުކުމެ ތިން މީހުން ފުލުހުންނާއި ހަވާލުކޮށްފައިވީ ނަމަވެސް އެމީހުން ހައްޔަރުކޮށްފައިނުވާކަމަށާއި އެމީހުނަށް “ހިމާޔަތް” ދިނީކަމަށް ވަނީ އަޑު ފެތުރިފައެވެ.

މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އދ. ދަނގެއްޗަށް ސީރިއަސް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރުން ވަނީ ގޮސްފައެވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށާއި އަދި އިހާނެތިގޮތަކަށް މަހްމޫދު މަރާލުމުގައި ބައިވެރިވި މީހުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ފޮޓޯ : މިހާރު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ