މަހްމޫދުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް

ޚަބަރު ފަހުގެ

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް އައިޖީއެމްއެޗްގައި ޓެސްޓްތަކެއް ހެދުމަށް ފަހު އަނބުރާ ދަނގެއްޗަށް ގެންދިއުމަށް ފުރުވާލައިފިއެވެ.

މަހްމޫދުގެ ހަށިގަނޑު މާލެ ގެނައީ ފުލުހުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށެވެ. ޓެސްޓުތައް ހެދުމަށް ދެގަޑިއެއްހާއިރު އައިޖީއެމްއެޗްގައި ހަށިގަނޑު ބޭއްވިއެވެ. މީގެ އިރުކޮޅެއް ކުރިން މަހްމޫދުގެ ހަށިގަނޑު ވަނީ ސިފައިންގެ ސީއެމްބިއުލާންސެއްގައި ދަނގެއްޗަށް ގެންދިއުމަށް ފުރުވާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މާލޭގައި ހަދާފައި ވަނީ ހަށިގަނޑުގެ ކޮން ޓެސްޓްތަކެއް ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް މައުލޫމާތު އެނގޭ ބައެއް މީހުން ބުނާ ގޮތުގައި އައިޖީއެމްއެޗްގައި ހަދާފައި ވަނީ މަހްމޫދުގެ ހަށިގަނޑުގެ ސީޓީ ސްކޭނެކެވެ.

މަހުމޫދު މަރާލި ކަމުގެ ތުހުމަތު އާންމުން ކުރަނީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފުލުހުން ވަނީ ހިމާޔަތް ދީފައެވެ. އަދި ފަހުން އަންހެނަކަށް ވެސް ހިމާޔަތް ދީފައިވެއެވެ. މި އަންހެން މީހާއަކީ ކުރިން ހިމާޔަތް ދިން ދެ މީހުންނާ ގުޅުން ހުރި މީހެކެވެ.

މަހްމޫދު މަރާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ