ކެތިއަރާ ހދ.އަތޮޅު މަސްރޭސް ފަސްކޮށްފި! މަސްރޭސް ދެން އޮންނާނީ 29 އަދި 30 ގައި

ހަނިމާދޫ ޚަބަރު ފަހުގެ

ކެތިއަރާ މިއަދު ބާއްވަން ހަމަޖެހިފައިވާ މަސްރޭސް ފަސްކޮށްފިއެވެ.

ކެތިއަރާ މަސްރޭސް ފަސްކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން އެކުލަބުގެ ރައީސް އަލީ ނަދީމް ވިދާޅުވީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފައިވާތީ މަސްރޭސް ފަސްކޮށްފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

” މި ގޮތަށް ފަސް ކުރަން ޖެހުނީމަ އަޅުގަނޑު މެން މިދެނީ ޓީމްތަކަށް ބަދަލު ގެނައުމާއި އަލަށް ޓީމްތައް ބައިވެރި ވުމަށް ފުރުސަތު، ހދ ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނެ މުބާރާތުގައި” ކެތިއަރާ ރައީސް ނަދީމް ވިދާޅުވިއެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ދެ ޖިންސަށް ބައިވެރިވެވޭނެވެ. ކަނބަލުންގެ މަސްރޭސް 29 އޮކްޓޯބަރ 2021 ގައި ބޭއްވުމަށް ރާވާފައިވާއިރު، ފިރިހެނުންނަށް ހާއްސަ މަސްރޭސް ބޭއްވުމަށް ރާވާފައި ވަނީ 30 އޮކްޓޯބަރ 2021 ގައެވެ.

މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ނަމްބަރުތަކަށް ގުޅުމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިލައްވާފައެވެ. (9977908، 7692878، 7456007، 7572743)

މި މުބާރާތުގެ އެއްވަނަ ދެވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު ވަނަ ހޮވުމަށް ހަމަޖެހިފައި ވަނީ ބާނާ މަހުގެ ބަރުދަނަށް ބަލައިގެންނެވެ. މީގެއިތުރުން އެންމެ ބޮޑު މަހާއި އެންމެ ބަރުމަސް ބާނާ ފަރާތެއްގެ އިތުރުން އެންމެ ގިނަމަސް ބާނާ ޓީމެއް ވެސް ވަނީ ހޮވުމަށް ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ