ފީވަކު ކައިރިން ދޯންޏެއް ބަންޑުން ޖަހާލައިފި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހދ. ކުޅުދުއްފުށިން ފުރައިގެން ށ. ފީވަކަށް ވަންނަން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:00 ޖެހި ހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ދޯނި ބަންޑުން ޖަހާލާފައި ވަނީ ފީވަކު ފަޅަށް ވަންނަން ދަނިކޮށެވެ.

ފޯކައިދޫ ކައުންސިލް ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ، ބަންޑުން ޖަހާލީ ކުޅުދުއްފުށީ ދޯންޏެއް ކަމަށާއި، ދޯނި ބަންޑުން ޖަހާލީ ފަޅަށް ވަންނަނިކޮށް ކަމަށެވެ.

އަލީ ރަޝީދު ވިދާޅުވީ، އެ ދޯނީގައި މުދަލެއް ނެތް ކަމަށެވެ.

އެއީ ވަރަށް ކުޑަ ދޯންޏެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދޯންޏާއި ގުޅޭ މައުލޫމާތު ނޭނގޭ ކަން ފާހަގަކުރައްވަމުން އަލީ ރަޝީދު ވިދާޅުވީ، އެ ދޯނީގައި ތިބީ ކިތައް މީހުންކަން ސާފް ނުވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

އިތުރު ތަފްސީލް އަންނަނީ…

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ