ކުޅުދުއްފުށި އެއާޕޯޓްގެ ރަންވޭ ލައިޓިން މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑުން ހިންގަމުންއަންނަ ހދ.ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓީންގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާނީ، ބެއިޖިން ޒެޑް.އާރ.ޖީ.ޑަބްލިއު ކޯރޕަރޭޝަން ލިމިޓެޑާއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްރޮޖެކްޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓޭޑްގެ ސީ.އޯ.އޯ އަޙްމަދު އިބްރާހީމް ވިދާޅުވީ، މިމަސައްކަތް 2022 ވަނަ އަހަރު ފެށުމުގެ ކުރިން ނިންމާ ކުޅުދުއްފުށި އެއާރޕޯޓަށް ޖަނަވަރީ މަހުގެތެރޭގައި ރޭގަނޑުގެ ދަތުރުތަށް ކުރެވޭނެކަމަށް.

އަޙްމަދު އިބްރާހީމް އިތުރަށް ވިދާޅުވީ އެހެން އެއާޕޯޓްތަކާ ހިލާފަށް ކުޅުދުއްފުށީ އެއަރޕޯޓްގައި ގާއިމުކުރާ ލައިޓިން ސިސްޓަމަކީ، ލެޑް ސިސްޓަމެއްކަމަށާ އޭގެ ސަބަބުން ދިމާވާ މައްސަލަތަށް މަދުވެ ލައިޓުތަކުގެ އުމުރު ދިގުވުމުގެ އިރުތުން ލައިޓިންއަށް ހޭދަވާ ކަރަންޓު ހަރަދު ވަރަށްބޮޑަށް ކުޑަވާނެ ކަމަށް.

އަދި ކުރިޔަށް އޮތްތަނުގައި ކުންފުނިން ހިންގަމުން އަންނަ ހުރިހާ އެއަރޕޯޓެއްގައިވެސް ލައިޓުހަރުކޮށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި ހަރުކުރާ ލައިޓިން ސިސްޓަމްތަކަކީވެސް ލެޑް ލައިޓީން ސިސްޓަމް ތަކަކަށް ހެދުމުގެ އިތުރުން އިއާދަކުރުނިވި ހަކަތަ ބޭނުންކުރާ ސިސްޓަމަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.

ހދ.ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓީންގެ މަސައްކަތުގެ ސަބަބުން ރޭގަނޑޫގެ އުދުހުންތަށް ފެށި ރައްޔިތުންނަށް ބޮޑު ފަށޭހައްއެއްވުމުގެ އިތުރުން، ބޭސްފަރުވާ އަށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުފަތުރަށް ބޮޑު ލުޔެއްލިބިގެން ދާނެއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ