މާދަމާ ހަނިމާދޫގައި ހުކުރު ނަމާދު ކުރާނީ 1 މިސްކިތުގައި

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މާދަމާ ހަނިމާދޫގައި އަވަރަށު ސަރަހައްދުގައި ހުކުރު ނަމާދު ކުރާނީ އެއް މިސްކިތުގަ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ
ތަޢުބާ މަރާމާތުގެ މަސައްކަތްތައް ފެެށި ފަހުން އިތުރު މަރާމާތުތަކެއް ކުރަން ޖެހުމާއެކު ދުވަސް އިތުރު ކުރަން ޖެހިފައި ވާތީ މާދަމާ އަވަށު މިސްކިތްތަކުގެ ތެރެއިން ހުކުރު ކުރާނީ ހަމަ އެކަނި މަސްޖިދުލް މޫސާ ޢަލީ ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އެހެން ދުވަސް ތަކެކޭ އެއްގޮތަށް މަސްޖިދުލް ޣުފްރާން (އެޔާޕޯޓް މިސްކިތުގައި) ވެސް ހުކުރު ނަމާދު ކުރާނެކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ތަޢުބާ މިސްކިތުް މަރާމާތުކޮށް ނިމާލެވޭނެ ކަމަށް ލަފާކުރެވެނީ މިމަހުގެ 28 ވަނަދުވަހުގެ ނިޔަލަށް ކަމަށްވެސް ކައުންސިލުގެ އޮފިޝަލް މައުލޫމާތުދެއެވެ.

މަސްޖިދުއް ތަޢުބާ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނީ 163293 (ސަތޭކަ ފަސްދޮޅަސް ތިންހާސް ދުވިސައްތަ ނުވަދިހަ ތިންރުފިޔާއަށް) އަރުތަ އިންވެސްޓްމަންޓާ ހަވާލުކޮށްގެނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ