ހަނިމާދޫ ފުޓްސަލް ޗެލެންޖު 2021ގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ފުޓްސަލް ޗެލެންޖު 2021ގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފިއެވެ. މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ރެޔާއި މިއަދު ހަނިމާދޫ ޒުވާނުންގެ މަރުކަޒުގައެވެ.

ރޭ ފިރިހެން ޑިވިޝަން ގުރުއަތުލާފައި ވާއިރު ޖުމުލަ 10 ޓީމް ވާދަކުރެއެވެ .
ދެ ގުރޫޕަށް ބަހަލާ ކުޅޭއިރު ކޮންމެ ގުރޫޕަކުން ވެސް 2 ޓީމް ދެވަނަ ބުރަށް ދާނެއެވެ. ދެވަނަ ބުރުން މޮޅުވާ ދެޓީމް ފައިނަލްގައި ވާދަކުރާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފިރިހެން ގުރޫޕް އޭ ގައި ހިމެނެނީ

  • އަހުލީ ވަން
  • ޝިލްޑް
  • ރޫހް އެކްސްޕުރެސް
  • ޔުނީފޯމް
  • ޔޫތު ފްރެންޑްސް

ފިރިހެން ގުރޫޕް ބީ ގައި ހިމެނެނީ

  • އަހުލީ ޓޫ
  • ރޫހް މައިކްރޯ
  • ތާރޓީ ޕުލަސް
  • ޓީމް މުގުރު
  • ޝީލްޑް ބީ

އަންހެން ޑިވިޝަންގެ ގުރުއަތުލުން މިއަދު ހަވީރު ކުރިއަށް ގެންގޮސްފައި ވާއިރު އަންހެން ޑިވިޝަންގައި ކުޅޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް ގަދަ ދެޓީމް ފައިނަލްގައި ގުޅޭ ގޮތަށެވެ.

އަންހެން ޓީމްތައް

  • ޕެންތާސް
  • ހަނިމާދޫ ސިއްހީ މަރުކަޒު
  • ގެލެކްސީ ގާރލްސް
  • ބީޗް ގާރލްސް

މި މުބާރާތް ފަށަން ތާވަލް ކޮށްފައި ވަނީ މި މަހު 23 ވަނަ ދުވަހު ހަވީރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ