އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވަން ފަށަނީ

ޚަބަރު ފަހުގެ

ކުރިއަށް އޮތް ތިން ދުވަސްތެރޭ އަތޮޅުތެރޭގެ ރަށްތަކަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ކުރިއަށް އޮތް ތިން ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ” މިނިސްޓްރީން ބުނެއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގަ އާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯއާއެކު، ހެލްތުން މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެސްޓީއޯ އިން ވަނީ އޭގެތެރެއިން އިތުރު 20 އެމްބިއުލާންސް މި މަހުގެ 13 ވަނަ ދުވަހު މާލެ ގެނެސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ