ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފި

ޚަބަރު ފަހުގެ

ށ.ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިއަދުއެވެ. އެކަން އަންގާ އެޗްޕީއޭއިން ފުނަދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށް މޮނީޓަރިން ހާލަތަށް ގެނައީ ކޯވިޑް-19އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން އެޗްޕީއޭގެ ހުއްދަނެތި ރަށުން ފޭބުމާއި، އެރަށަށް އެރުން މަނާކޮށްފައިވާކަމަށް އެ ލިޔުމުގައި ބުނެފަވެއެވެ.

advertisement

ފުނަދޫ ބަންދުކޮށްފައި މިވަނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވުމުން އިތުރަށް ނެގުނު ސާމްޕަލެއް އިއްޔެ ޕޮޒިޓިވްވެފަ ވަނިކޮށެވެ.

ފުނަދޫން ކޯވިޑް ޕޮޒިޓިވް ދެ ކޭސް ފެނުމުން އެރަށުގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ވަނީ ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލައި، ފްލޫ ކްލިނިކްގެ ޚިދުމަތް ފަށާފައެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ޚާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްްސާފައެވެ.

މިކަމާއިގުޅިގެން ފުނަދޫ ކައުންސިލުން ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްވެސް ރައްޔިތަކު ގޭން ބޭރަށް ނުނުކުތުމަށް އަންގާފައެވެ. އަދި ކުޅިވަރުކުޅޭ ތަންތަން ބަންދުކޮށް، ފިހާރަ، ރެސްޓޯރެންޓްތަކުގައި ގައިދުރުކަން ބަހައްޓަން ވަނީ އަންގާފައެވެ. މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން މީގެކުރީން ވެސް އެރަށް ވަނީ އެކިފަހަރުމަތިން މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ