މަހުމޫދުގެ މަރު: ހައްޔަރުކުރި ބިދޭސީ މީހާގެ ގެއިން ގިނަ ހެކިތަކެއް

ޚަބަރު ފަހުގެ

އދ. ދަނގެތީގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ ގެއިން ގިނަ ހެކިތަކެއް ފުލުހުން ހޯދައިފިއެވެ.

މަހުމޫދުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އާލޮމް މިއާ، 29، އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

ފުލުހުން ބުނީ އެ ބިދޭސީ މީހާ ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައިވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެތެރޭގައި މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ފުލުހުން ވަނީ މަހުމޫދު މަރާލުމުގައި ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ