ކެތިއަރާ 6 ވަނަ މަސްރޭހުގެ އެއްވަނަ ހުސްއަނގަ އަދި ޖީޓީ ސީހޯސް ކާމިޔާބުކޮށްފިއެވެ.
ހުސްއަނގަ މަސްރޭހުގެ އެއްވަނަ ހޯދީ ހުކުރު ދުވަހު ބޭއްވުނު އަންހެނުންގެ މަސްރޭހުގައި ވާދަކޮށް 26.2 ކިލޯ މަސް ބައިގެންނެވެ. ޖީޓީ ސީހޯސް އެއްވަނަ ހޯދީ ހޮނިހިރު ދުވަހު ބޭއްވި ފިރިހެން މަސްރޭހުގައި 65 ކިލޯ މަސްބައިގެނެވެ.
އަންހެން ޓީމްތައް ބޭނި މަހުގެ ބަރުދަން
- ބްރެންޒީނޯ 12.19 ކިލޯ
- މާރެހި 11.4 ކިލޯ
- އެޗް،އޭ،ކިޔު، އޭވިއޭޝަންކޮމް 8 ކިލޯ
- ޕެންތާ 18.1 ކިލޯ
- އެންވަށި 9 ކިލޯ
- ޓީމް ޝިރާނީ 8.4 ކިލޯ
- ޓީމް ގާހަކަ 9 ކިލޯ
- ހުސް އަނގަ 26.2 ކިލޯ ފިރިހެން ޓީމްތައް ބޭނި މަހުގެ ބަރުދަން
- ޖީޓީ ސީހޯސް 65 ކިލޯ
- ޓީމް ވިލުވެލި 17 ކިލޯ
- ތާކިހާ 04 ކިލޯ
- ގުޑު ގުޑާ ދޫނި 00 ކިލޯ
- ޓީމް ގިނި 6.9 ކިލޯ
- މެދުފަޅު 09 ކިލޯ
- މާކުން 40 ކިލޯ
- ފިޝްކެޗަރ 22.5 ކިލޯ
- ދިރުން ފިޝިންގ ޓީމް 25.5 ކިލޯ
ދެ ޖިންސުގެ މަސްރޭސް ނިމުމާއެކު ވަނީ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފައެވެ. އެގޮތުން އެންމެ ގިނަ މަސް ބޭނި އަންހެން އަދި ފިރެން ޓީމަށް އިނާމް ހަވާލު ކޮށްދެވި މުންތާޒް އަބްދުލް ރަޝީދު ފަރާތުން (ޖާދު ﷲ) އެވެ . 21 މަސް ބާނައިގެން އަންހެން އެންމެގިނަ މަސް ބާނާފައިވަނީ މާރެހި އެވެ. 83 މަސް ބާނައިގެން ފިރިހެން ފަޅިން ހޮވިފައިވަނީ މާކުނެވެ.
އެންމެ ބޮޑުމަހެއް ބާނައިގެން ދެވޭ މާކެޔޮޅަށް އިނާމް ހަވާލު ކޮށްދެއްވީ ވިގަރ ފިހާރާގެ ފަރާތުން ސައީދު އިބްރާހީމް އެވެ. ފިހެން މާކެޔޮޅަށް ހޮވިފައި ވަނީ 11 ކިލޯގެ މަހެއް ބާނައިގެން ޖީޓީ ސީހޯސް ގެ ގާސިމް އަބްދުލް ކަރީމެވެ. އަދި އަންހެނުން ތެރެއިން މާ ކެޔޮޅަކަށް ހޮވިފައިވަނީ 5.6 ކިލޯ ގެ މަހެއް ބާނައިގެން، ޕެންތާސް ގެ ހައްވާ ނާޒިމާ އެވެ.
މަސްރޭހުގެ ދެވަނައަށް އިނާމް ހަވާލު ކޮށްދެއްވީ ވިލުވެލި ގެސްޓް ހައުސް ގެ ފަރާތުން ވިދާދުއެވެ. އަންހެން ދެވަނައަށް ހޮވިފައި ވަނީ 18.1 ކިލޯ މަސް ބާނައިގެން ޕެންތާސް އެވެ. ފިރިހެން ފަޅި ދެވަނައަށް ހޮވިފައި ވަނީ 40 ކިލޯ މަސް ބައިގެން މާކުނެވެ.
އެއްވަނައަށް ދިޔަ ޓީމަށް އިނާމް ހަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން އެވެ. އަދި އެ ޓީމަށް ވަނީ ކެފޭ ނޫރާ ފަރާތުން ކެއުމެއް ވެސް އަރުވާފައެވެ. އެ ކެއުން ހަވާލު ކޮށްދެއްވީ ދާއުދު ރަޝީދު އެވެ. އެއްވަނަ ޓީމަށް ވަނީ 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.