ހއ.ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ޚަބަރު އިޖުތިމާޢީ ފަހުގެ

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ބާރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ފުރައިގެން ބާރަށަށް ދަތުރުކުރަމުންދާ ބޯޓަކުން ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖުލައި 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދެމީހުންގެ ތެރެއިން 25 އަހަރުގެ މީހާ  ހައްޔަރުކޮށްފައިވަނީ މިމައްސަލާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ބާރަށް އައި ބޯޓު އެރަށު ބަނދަރަށް ގާތްކުރުމުންނެވެ. އަދި އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ޖޫސްޕެޓީ ކޮތަޅުގެ ދެ ކޮތަޅު ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 27 އަހަރުގެ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. އުތީމު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ބާރަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ