2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހަނިމާދޫ އަށް ގިނަ މަޝްރޫޢުތަކެއް

ހަނިމާދޫ ޚަބަރު ފަހުގެ

2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހަނިމާދޫ އަށް ގިނަ މަޝްރޫޢުތަކެއް ހިމެނެއެވެ. ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި 19 ކަމެއް ހިމަނާފައި ވެއެވެ.

ހަނިމާދޫ ގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަށް

އިޝްތިހާރު
އިޝްތިހާރު

  • ހަނިމާދޫ ހޮސްޕިޓަލަށް އައު އިމާރާތް އެޅުން
  • ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ގާއިމްކުރުން
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަލްޓި ޕާރފޮސް ލެބޮރަޓަރީއެއް ގާއިމްކުރުން
  • ފުޓްސެލް ދަނޑު ގާއިމުކުރުމަށް
  • ހައި ސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް
  • ވިޔަފާރި ބަނދަރު ތަކުގައި ގަސްގަހާގެއްސާއި ޖަނަވާރު ކަރަންޓީން ކުރުމުގެ ހިދުމަތް ގާއިމުކުރުން
  • ފޮލިކް ސްޓޭޝަން ގާއިމްކުރުން

ހަނިމާދޫ ގައި ޕްރީ ޓެންޑަރިންގެ މަރުހަލާގައިވާ މަޝްރޫޢުތަށް

  • މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މަގުބައްތި ޖެހުން
  • ޒޯން 1 ގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ހަނިމާދޫ ގައި މިހާރު ހިނގަމުންދާ މަޝްރޫޢުތައް

  • ހަނިމާދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން
  • ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުން
  • ހަނިމާދޫ އެއަރޕޯޓް އަޕްގްރޭޑް ކުރުން
  • ހަނިމާދޫ މަގު ހެނދުން
  • ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް
  • އެންވާރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޕްރިޕެއަރިންގި އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނަބަލް އެނާރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް
  • އުތުރުގެ ސަރަހައްދުގައި ހައިސްޕީޑް ފެރީ ނިޒާމް ގާއިމް ކުރުން ޓެންޑަރިންގ މަރުހަލާގައި ވާ މަޝްރޫޢުތައް
  • ހަނިމާދޫ ފަތާ ސަރަހައްދު ހެދުން
  • ހަނިމާދޫ ގައި މިސްކިތެއްގެ އެޅުން

ރިޖެންޝަން މަޝްރޫޢު

  • ހަނިމާދޫ ސްކޫލް 24 ކުލާސް ރޫމާއި ހޯލް އިމާރާތް ކުރުން

އެވޯޑު ކުރެވިފައި

  • ހަނިމާދޫގައި 100 ހައުސިންގް ޔުނިޓް ނިންމުން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާއިރު، ދެން އޮންނާނީ ބަޖެޓާއި މެދު މެންބަރުން ތަޅުމުގައި ބަހުސް ކުރެއްވުމެވެ. އަދި ބަޖެޓް ކޮމެޓީއަށް ފޮނުވައި ކޮމެޓީ މަރުހަލާގައި އެ ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެއެވެ. ބަޖެޓް ފާސްކުރާނީ ކޮމެޓީން ނިންމާ ރިޕޯޓް ތަޅުމަށް ފޮނުފައި، ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ