މާލޭ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭ މައްޗަންގޯޅީގައި ހުންނަ ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 15:42 އެހާކަންހާއިރު ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް ފިރިހެނަކު އެގޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފަޅު ގެއެއްގެ ތެރެއިން ފެނުމާއި ގުޅިގެން މިވަގުތު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ