މަޙްމޫދުގެ މަރުގެ މައްސަލަ: ދަޢުވާކުރުމަށްޓަކައި އަންނަ ހަފުތާގައި ޕީޖީއަށް ފޮނުވަނީ

ޚަބަރު ފަހުގެ

އދ.ދަނގެތީ މަޙްމޫދު އަބޫބަކުުރު މަރައިލި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް އަންނަ ހަފުތާގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އދ.ދަނގެތި/މޮނަލާޒް، މަޙްމޫދު އަބޫބަކުުރު (57އ) މަރައިލި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާ އަލޮމް މިއާ (29އ) އެވެ. އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ނިންމީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، މައްސަލައިގެ ތަޙްޤީޤުގައި ފުލުހުން މިހާރު ކުރަމުންދަނީ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

”ތަޙްޤީޤު ފުރިހަމަކޮށް އަންނަ ހަފުތާތެެރޭގައި ޕްރޮސެކިއުޓާރ ޖެނެރަލަށް ފޮނުވުމަށް މި ދަނީ މަސައްކަތް ކުރަމުން.“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު، މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

މަޙްމޫދު މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މަޙްމޫދު މަރައިލުމުގައި ޝާ އަލޮމް މިއާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ