ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށްދޭން ހޯރަފުށި ކައުންސިލުން އެދިއްޖެ

ޚަބަރު ފަހުގެ

ހއ.ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށްދޭން އެ ރަށު ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި އެދިއްޖެ އެވެ.

ހޯރަފުށީ ކައުންސިލުގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަހަށް ފެށިގެންދިއުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނެގޮތްވުން މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަނުގެ ޚިދުމަތްދިނުމުގައި އެންމެ ދަތިވާ މައްސަލަތަކާއި މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ މައްސަލަތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހއ. އަތޮޅު ސްކޫލުގެ ފަރާތުން ވެސް ވަނީ ސްކޫލަށް ޢުމްރާނީގޮތުންނާއި އިންސާނީ ވަޞީލަތުގެ ގޮތުން ބޭނުންވާ މުހިންމުކަންކަން ނައިބު ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި ޚިދުމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުން ކަމަށް ވިދާޅުވި އެވެ.

އެގޮތުން ކައުންސިލުން ހުށަހެޅުއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ